ގަވައިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ހޯމަ ދުވަހު ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި ހާއްސަ ރެއިޑުގައި މ. ތްރީ މޫން ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން @PoliceMv އާއެކު މިދިއަ ހޯމަ ދުވަހު (19 އޮގަސްޓު 2024) ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި. މި ރެއިޑުގައި… pic.twitter.com/V1PRp5u9U4
— Maldives Immigration (@ImmigrationMV) August 22, 2024
އިމިގްރޭޝަނުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ މުޑުދާރު އަދި ނުތާހިރު ގޮތަކަށް ކާއެއްޗެއްހި ތައްޔާރު ކުރާ މަންޒަރެވެ.