ރާއްޖޭގައި ސްޕޯޓްސް ފިޝިން އަށް ފަސް ސަރަހައްދެއް ތަރައްގީ ކުރަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ މިއީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަނޭޝަނަލް ފިޝިން ކޮމިއުނިޓީ އަށް ވެސް ބޭނުންވާ ހައްލުތައް ހޯދައި ދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.
އޭނަ ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުވެގެން ދާނެ ކަމަށާއި، އަދި ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ. އަދި ސްޕޯޓްސް ފިޝިން މަޝްރޫޢުގެ ސަބަބުން އިތުރު ވަޒީފާތަކާއި ވިޔަފާރި ފުރުސަތުތައް ވެސް ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސްޕޯޓްސް ފިޝިން ކުރިއަރުވަން ކުރިއަށް ގެންދާ މި މަޝްރޫއަކީ މަސްވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ ކަމަށެވެ. އެހެންވެ މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިން ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޕޯޓްސް ފިޝިން އަށް އޮންނަ މަގުބޫލުކަން ބޮޑެވެ. އެގޮތުން އައްޑު އަކީ ސްޕޯޓްސް ފިޝިން އަށް މަގުބޫލު ތަނެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.