Last Updated: November 27, 12:54
Wednesday, November 27, 2024
މުނިފޫހިފިލުވުން

ވަރޫންގެ "ބީޅިޔާ 2" ގެ ޝޫޓިން އަންނަ އަހަރު

ވަރޫން ދަވަން ހައިވާނަކަށް ބަދަލުވާ ރޯލެއް ކުޅުނު ކާމިޔާބު ފިލްމު "ބީޅިޔާ" ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ މި މަހުގެ 15 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ހޮރޯ-ކޮމެޑީ "އިސްތިރީ 2" ގެ ޑައިރެކްޓަރު އަމަރު ކޯޝިކް 2022 ގައި ގެނެސްދިން "ބީޅިޔާ" ގެ ދެވަނަ ބައިގެ ޝޫޓިން ފަށަން ޕްލޭން ކުރަނީ އަންނަ އަހަރުގެ ފަހުކޮޅަށް ކަމަށެވެ. އަދި އަމާޒަކީ 2022 ގެ ކުރީކޮޅު ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމެވެ.

ވަރޫންގެ "ބީޅިޔާ" އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމިޑީ ޔުނިވާސްގެ ހިއްސާއެކެވެ. މިއަށް މި ފަހުން އިތުރުވި އަނެއް ބޮޅަކީ ޖޫންގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "މުންޖިއާ" އެވެ.

"އިސްތިރީ 2" ގެ ޖާދޫގައި ބެލުންތެރިން ޖެހިފައިވާ އިރު، މި ފިލްމުގެ ހާއްސަ ފެނިލުމެއްގައި ޝްރަދާ ކަޕޫރާ އެކީ ލަވައަކުން ވެސް ވަރޫން ފެނިފައިވެ އެވެ. އަދި ކްރިތީ ސެނަން ބަތަލާގެ ރޯލު ކުޅުނު "ބީޅިޔާ" ގައި ޝްރަދާގެ ހާއްސަ ފެނިލުމެއް ވެސް ހިމަނާފައިވެ އެވެ.

ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 25 އަށް ތާވަކޮށްފައި އޮތް އެކްޝަން ތުރިލާ "ޖޯން ބޭބީ" އެވެ. އަދި އޭނަ މިހާރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ބައްޕަ ޑޭވިޑް ދަވަންގެ "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.