Last Updated: November 27, 06:09
Wednesday, November 27, 2024
ޚަބަރު

ޗައިނާ ދަތުރަށް ފަހު އަބްދުއްރަހީމް ރާއްޖެ އަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އަބްދުލްރަހީމް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލްގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނެވެ.

މަޖިލީހުގެ ރައީސް ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ "2024 އިންޓަ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ތަގުރީރެއް ވެސް ދެއްވި އެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގެންނެވި އެވެ.