ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
އަންހެނުން ހެއިލީ ބީބީ ވިހޭކަން މިއަދު އިއުލާންކޮށް، ބީބާ ވަނީ ދަރިފުޅުގެ ފައި ފެންނަ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ދަރިފުޅުގެ ނަން ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ބީބާ އާއި ހޭލީގެ އަލަތު ދަރިފުޅުގެ ނަމަކީ ޖެކް ބްލޫސް ބީބާ ކަމަށް ބުންޏެވެ.
ބީބާ ބައްޕައަކަށްވާން އުޅޭކަން އިއުލާންކުރީ މެއި މަހުގެ ތެރޭގަ އެވެ. ބީބާ، 30، އާއި މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރާ ހެއިލީ، 27، ކައިވެނިކުރީ 2018 ގަ އެވެ.
ބީބާ އަށް ދަރިޔަކު ލިބުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މިހާރު އަންނަނީ މަރުހަބާ ކިޔަމުންނެވެ.