މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެެ.
ވީ ވިލާ ހައި ސުކޫލުގެ މި އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރު ރޭ ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން މި އައި ކުރިއެރުންތަކާއެކު ތަރައްގީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި އޭގެ ފަސޭހަކަން ކިޔެވުމުގައި ބޭނުން ކުރަން ޖެހޭ ކަމަށެވެ. އަދި ކިޔެވުގައި މަސައްކަތްތެރިކަމުގެ ކޮންމެ ވެސް ރޮނގަކުން ކޮންމެ ކުއްޖަކު ވެސް ދަސްވެނިވުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.
އާދަމް ޝަރީފު ވަނީ ކިޔެވުމުގެ ރާސްތާ ފަށައި ގަންނަންވީ ދިރިއުޅުން އާރާސްތު ކުރެވިދާނެ ކޮތަކަށްތޯ، ނުވަތަ އިހުގެ މީހުން ދަސްކުރި އެއްޗެހި ރިޕީޓުކުރާނީތޯ ސުވާލު އުފައްދަވައި ދެމެހެއްޓެނިވި ތަރައްގީގައި ތަރައްގީ އަކީ ކޮބައިތޯ ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ދުވަހަކު ރާއްޖޭގައި ވެސް ބޭނުން ނުވާ އެތައް ސިފަތަކެއް ފެންނަކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.