Last Updated: April 24, 13:36
Thursday, April 24, 2025
ޚަބަރު

މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު ޖަލަށް

criminal court

މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު 7 އަހަރަށް ޖަލަށް ލުމަށް ހުކުށް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގ. ޢަރޫޝާމަންޒިލް، މާލެ ހަސަން ރަޝީދުގެ މައްޗަށެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން މަޙްރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.