ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ މަގާމަކަށް ބަދަލުކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުތާޒް ބަދަލުކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އަދި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ މަގާމަކަށް އޭނާ އައްޔަނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް މުހުތާޒް އައްޔަނު ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މުހުތާޒް ފޮރިން މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފައިމިވަނީ، ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަނު ކުރުމަށް މަސައްކަތްކުރާ ކަމަށް އަޑުތައް ފެތިރިފައި ވަނިކޮށެވެ.