މިހާތަނަށް މިފްކޯ އިން ބޭނުން ކުރަމުން އައި ކަނޑުއޮތްގިރިއާ އެމްއެންޑީއެފަށް ދިނީ އެ މުއައްސަސާ އަށް ދިން އެއްވެސް ބިމެއް ދޫކޮށްލާފައި ނޫން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ކަނޑުއޮތްގިރީގައި މިފްކޯ އިން ކުރަމުން އައި މަސައްކަތްތަކަށް ހުޅުމާލެ އިން ބިމެއް ހަމަޖައްސަން ނިންމާފައިވާތީ، އެމްއެންޑީއެފަށް އެ ރަށް ދޫކޮށްލިކަން ފިޝަރީޒް މިނިސްޓްރީން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ. އެ ބަދަލާ ގުޅިގެން ކަނޑުއޮތްގިރީގެ މަސައްކަތްތައް މިހާރު ވަގުތީ ގޮތުން ފެލިވަރަށް ބަދަލުކުރުމުގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ.
MNDF ge evves bimeh uni nuve, ithuru kurevunu rasheh. Kuriyah dhivehi Qaum. Kuriyah dhivehi Sifain. 🇲🇻
— Mohamed Ghassan Maumoon (@mgmaumoon) August 24, 2024
ކަނޑުއޮތްގިރި އެމްއެންޑީއަށް ދޭން ނިންމީ ސިފައިންނަށް ކުރީގެ ސަރުކާރުން ދީފައި އޮތް 120،000 އަކަފޫޓުގެ ބިމެއް މިފްކޯއަށް ދޭގޮތަށްތޯ ސުވާލު އުފައްދައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ގައްސާން މިއަދު ވިދާޅުވީ އެ ކަނޑުއޮތްގިރި އެމްއެންޑީއަފަށް ލިބުނީ އެތަނުގެ އެއްވެސް ބިމެއް އުނި ނުވެ ކަމަށެވެ.
"ކުރިއަށް ދިވެހި ގައުމު. ކުރިއަށް ދިވެހި ސިފައިން." ގައްސާންގެ ޕޯސްޓްގައި ވިދާޅުވި އެވެ.