ޓެެލެގްރާމްގެ ސީއީއޯ ޕަވެލް ޑްރޯވް ފްރާންސް އިން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ އޭނަ ހައްޔަރުކުރީ ޕްރައިވެޓް ޖެޓެއްގައި އިއްޔެ ހަވީރު ފްރާންސްގެ ލެ ބޯގެޓް އެއާޕޯޓަށް ލޭންޑްކުރި ތަނާ ކަމަށެވެ. އަދި ޕަވެލް ހައްޔަރުކުރީ ޓެލެގްރާމާ ގުޅޭ ގޮތުން ފްރާންސުން ބަލަމުން އަންނަ މައްސަލައަކާ ގުޅޭ ގޮތުން ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ޕަވެލް، 39، އަކީ ފްރާންސާއީ ޔޫއޭއީގެ ރަށްވެހިކަން ވެސް އޮންނަ ރަޝިއާ އަށް އުފަން މީހެކެވެ. ފްރާންސް އިން އޭނަ ހައްޔަރުކުރިކަން އެނގުމާ ގުޅިގެން ރަޝިއާ ކަމާގުޅޭ ފަރާތްތަކުން ވެސް އެކަމުގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ރަޝިއާގެ މިޑިއާތަކުން ބުންޏެވެ.
ޓެލެގްރާމް ބޭނުންކުރާ ރަޝިއާ މީހުންގެ ޑޭޓާ ހިއްސާކޮށްދޭން ޓެލެގްރާމްގައި އެދުމުން އެކަމާ ދެކޮޅު ހެދުމުން އެ އެޕް 2018 ގައި ރަޝިއާގައި މަނާކުރި އެވެ. ނަމަވެސް 2021 ގައި އެ ނިންމުން ވަނީ ބާތިލުކޮށްފަ އެވެ.
ޓެލެގްރާމަކީ ޕަވެލް އާއި ނިކޮލާއި ޑްރޯވް 2013 ގައި ވުޖޫދަށް ގެނައި އެޕެކެވެ. އަދި އެ އެޕް މިހާރު ހިމެނެނީ އެންމެ މަގުބޫލި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގަ އެވެ.