Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ރުފިޔާ އެކައުންޓުން ދެން ޑޮލަރުގެ މުއާމާލާތް ނުކުރެވޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުގެ ރުފިޔާ އެކައުންޓް ޑޮލަރު ޑޮލަރު ނުލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ގައުމީ ބޭންކުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ޑެބިޓް ކާޑްތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވެސް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން މިހާރު ދޫކޮށްފައިވާ ސްޓޭންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެ އިން ބޭރުން ކުރެވޭ މުއާމަލާތް 100 ޑޮލަރަށް ދަށްކޮށްފައިވާ ކަމަށް ވެސް ބިއެމްއެމް އިން ބުންޏެވެ.