Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ހުޅުދޫ ޒުވާނަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އައްޑޫ ހުޅުދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު އިރަމާގެ، ޙުސައިން ޒައިދާން ޢަލީ، 24، އެވެ.

ފުލުހުން ޒައިދާން ހޯދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 08:30 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.