އައްޑޫ މީދޫގެ މަގު ހެދުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ އިރު، މަގުތަކުގެ ޕޭވްމަންޓް ހަދަން ބަހައްޓާފައިވާ ގައު ބައެއް މީހުން ނަގައި ވިއްކާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް އަވަށު އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ ޕޭވްމަންޓް ގައު ނަގައި ވިއްކުމުގެ އިތުރަށް ގޮނޑުދޮށުން ވެލި ނެގުމާއި އަދި އެ ވެލި ނަގައިގެން ވިއްކާކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށެވެ. އެހެންވެ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން ގެތައް އިންސްޕެކްޓް ކުރާނެ ކަމަށް މީދޫ އަވަށު އޮފީހުން ބުންޏެވެ.
އެތަނުން ވަނީ ގޮނޑުދޮށުން ނަގާ ވެއްޔާއި ޕޭވްމަންޓް ގައު އެއްވެސް ބަޔަކު ނުގަތުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ. އެގޮތުން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ މަގަތުތައް ވެސް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.