ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތަކަށް ގެނައި ބަދަލާއެކު ބޭންކުގެ ކޯލް ސެންޓަރަށް ބާރު ބޮޑުވެއްޖެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ ކޮންޓެކްޓް ސެންޓަރަށް ގިނަ އަދަދެއްގެ ފޯނު ކޯލު ލިބި ބާރު ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ބައެއް ފަރާތްތަކަށް ބޭންކާއި ގުޅުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ސޯޝަލްމީޑިއާ، އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކާއި މުއާމަލާތު ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން މިއަދު ގެނެސްފައިވާ ބަދަލުތައް ބޭންކުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ދިމާވާ ދަތިތަކަށް މާފަށް އެދިފައިވެއެވެ.
Customers may have difficulties in reaching our Contact Centre as we are experience a high volume of calls. You can continue to reach us via social media or you may message us through Internet or Mobile Banking. We encourage you to refer to our website for details on the changes…
— Bank of Maldives (@bankofmaldives) August 25, 2024
ގައުމީ ބޭންކުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ޑެބިޓް ކާޑްތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވެސް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން މިހާރު ދޫކޮށްފައިވާ ސްޓޭންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެ އިން ބޭރުން ކުރެވޭ މުއާމަލާތް 100 ޑޮލަރަށް ދަށްކޮށްފައިވާ ކަމަށް ވެސް ބިއެމްއެމް އިން ބުންޏެވެ.