Last Updated: November 24, 19:19
Sunday, November 24, 2024
ޚަބަރު

އައިސީއައިއޭ ކޮންފެރެންސްގައި ބައިވެރިވާން ހުޅުވާލައިފި

އިސްލާމިކް ޔުނިވަސިޓީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އިންޓެލެކްޗުއަލް އެޑްވާންސްމަންޓްސް ކޮންފެރެންސް (އައިސީއައިއޭ) ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޮންފެރެންސަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމުވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެ، އެ ބޭފުޅުން މަސައްކަތް ކުރައްވާ ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ދާއިރާތަކާއި ގުޅޭގޮތުން ކޮއްފައިވާ ދިރާސާތަކާއި އިތުރު މަޢުލުމާތު ޙިއްސާކުރުމުގެ މަގުސަދުގައި އައިޔޫއެމްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ކޮންފެރެންސެކެވެ.

މި މަހުގެ 30 ގެ ކުރިން މި ކޮންފެރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ މީހުން 250ރ. ގެ ދައްކަން ޖެހޭ އިރު، އޭގެ ފަހުން ރަޖިސްޓްރީވާ މީހުންގެ ފީ އަކީ 300ރ. އެވެ.