Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ނުތާހިރު 6 ކެފޭއެއް ބަންދު ކުރަން ނޯޓިސް ދީފި

ގަވާއިދާ ހިލާފަށް އަދި ނުތާހިރުކޮށް ހުޅުމާލޭގައި ހިންގަމުން އަންނަ ހަ ކެފޭއެއް ބަންދު ކުރަން ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އެތަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ މަސައްކަތުގެ ޓާސްކު ފޯހުން މި މަހުގެ 22 ގައި ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ހިންގަމުންދާ އަންނަ 8 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ ހަ ތަނެއް ބަންދުކުރުމަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ސައްހަ ވިސާއެ ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުން އައި ހަތަރު ބިދޭސީއަކު ވެސް އަތުލައިގެންފައިވާ ކަމަށް ބުންޏެވެ.