Last Updated: November 24, 09:58
Sunday, November 24, 2024
ޚަބަރު

ކުޑަކުއްޖަކާ މާރާމާރީ ހިންގި އަންހެނަކު ހޯދަނީ

ކުޑަކުޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ ގދ. ގައްދޫ، ދިލްވާރުގޭ ޝަފުރާ ޢަބްދުﷲ އާދަމް، 25، އެވެ.

ފުލުހުން ބުނި ގޮތުގައި އޭނަ ހޯދަނީ ކުޑަކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް ގައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވާން ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ އަންމަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޝަފުރާ، މާލޭގައި ހުންނަ ޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައިވެ އެވެ.