Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

މަރަދޫން ވިޔަފާރި އަށް 5 ބިން ކުއްޔަށް ދެނީ

މަރަދޫގެ މަންޒަރެއް. ފޮޓޯ/ އަހުމަދު ފާރިސް

އައްޑޫ މަރަދޫން ވިޔަފާރި އަށް ފަސް ބިމެއް ކުއްޔަށް ދޭން ނިންމައި އެ ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިންތައް ދޫކުރަން ހަމަޖެހިފައި ބަނީ މަރަދޫގެ ލޭންޑް ޔޫޒް ޕްލޭންގައި ވިޔަފާރީގެ ބޭނުންތަކަށް ބިންތައް ކަނޑައަޅަފައިވާ ސަރަހައްދުން ކަމަށެވެ.

އެހެންވެ އެ ބިންތަކަށް ޝައުގުވެރިވާ، ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަޝިޕްތަކަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ. ބިންތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 24 ގެ ހެނދުނު 10:00 އެވެ.

ބިންތަކުގެ ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 9 އާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6885003 އިން ހޯދޭނެ އެވެ.