ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
މިހާތަނަށް ތަން ހިންގަމުން ދިޔައީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ދަށުންނެވެ.
ނަމަވެސް ރައީސް އޮފީހުން ބުނީ މިހާރު އެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސަށް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.
ގުރައިދޫގައި ހުންނަ މަރުކަޒަކީ ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ގާއިމުކޮށްފައިވާ ތަނެކެވެ.