Last Updated: November 27, 06:09
Wednesday, November 27, 2024
މުނިފޫހިފިލުވުން

މަރާޔާ އަށް އެއްފަހަރާ ބޮޑު ދެ ހިތާމަ!

އެމެރިކާގެ މަޝްހޫރު ލަވަކިޔުންޔެރިޔާ މަރާޔާ ކެރީ އަށް އެއްފަހަރާ ބޮޑު ދެ ހިތާމަކާ ކުރިމަތިވެއްޖެ އެވެ.

އޭނަ އަށް ހަފުތާ ބަންދުގައި ކުރިމަތިވި ފުރަތަމަ ހިމާތަމަ އަކީ ކުއްލި ގޮތަކަށް މަންމަ، ޕެޓްރީޝިއާ ހިކީ ކެރީ، 87، ގައި މަރުވުމެވެ. އަދި އެ ހިތްދަތިކަމުގެ ތެރޭގައި އުޅެނިކޮށް، މަރާޔާގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ ހަމަ އެ ދުވަހު އޭނަގެ ދައްތަ އެލިސަން ކެރީ ވެސް މަރުވުމާ ގުޅިގެންނެވެ.

މި ވާހަކަ އިއްޔެ ހިއްސާކޮށް މަރާޔާ ބުނީ "ހިތް ހަލާކުވެފައިވާ" ކަމަށާއި "އެއް ދުވަހެއްގައި އާއިލާގައި ތިބި އެންމެ ގާތް މީހުން ވަކިވެ ދިއުމަކީ ވަރަށް ފުން ހިތާމައެއް" ކަމަށެވެ. އެހެންވެ މި ދަނޑިވަޅުގައި ޕްރައިވެސީ ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް 55 އަހަރުގެ ފަންނާނު ބުންޏެވެ.

ނަމަވެސް މަންމަ އާއި ދައްތަހެ މަރާ ގުޅޭ އެއްވެސް ތަފުސީލެއް މަރާޔާ ހާމައެއް ނުކުރެ އެވެ.