Last Updated: April 24, 05:55
Thursday, April 24, 2025
ޚަބަރު

ޑޮލަރާއެކު ފުރަން އުޅުނު މީހާއަށް މަނީލޯންޑްރިންގެ ތުހުމަތު

ފޮރުވައިގެން ރާއްޖެއިން ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު މީހާގެ މައްޗަށް މަނީލޯންޑްރިން ތުހުމަތުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.

އޮގަސްޓް 25 ވަނަ ދުވަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފައިވަނީ، މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ނަގުދު ފައިސާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޓްގެ ސްކްރީނިންގް ޓީމުން ހޯދާފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ބުނެފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް މި މައްސަލައިގައި މަނީލޯންޑްރިންގެ ތުހުމަތު ކުރެވޭތީ އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.