Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ބީއެމްއެލްގެ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހު

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާލް ސްޓުމްކަ

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅާފައިވާ މެމްބަރުން އައްޔަން ކުރުމަށް އަންނަ މަހު ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ، ހާއްސަ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދި މި މަހުގެ 24 ވަނަ ދުވަހު މާލީ ވުޒާރާއިން އެ ބޭންކުގައި އެދިފައިވާ ކަމަށެވެ. އެހެންކަމުން، އަންނަ ސެޕްޓެމްބަރު މަހުގެ 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި، މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް، "ފަހިވޯޓު" މެދުވެރިކޮށް އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ޖަލްސާގައި ބައިވެރިވެވޭނީ 10 ސެޕްޓެމްބަރުގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށް ބޭންކުން ބުނެ އެވެ.

ޖަލްސާގައި ކުރުމަށް މައިގަނޑު ގޮތެއްގައި އޮތް ދެކަމަކީ، ޖުލައި 20 ވަނަ ދުވަހު ބޭއްވި އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، އައު ބޯޑު މެމްބަރުން އައްޔަންކުރުމެވެ.