Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އެމްޕީއެލްއިން ވެމްކޯގެ ފޮޅާ ސާފުކުރުމުގެ ހިދުމަތް ހޯދަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފޮޅާ ސާފު ކުރުމުގެ ހިދުމަތް ހޯދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވެމްކޯގެ ފޮޅާ ސާފު ކުރުމުގެ ހިދުމަތް ކަމަށްވާ ހޮބާއަށް އެމްޕީއެލްއިން ރަޖިސްޓާކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

ވެމްކޯގެ މި ހިދުމަތަކީ އެ ކުންފުނިން އަލަށް ފަށައިގަތް ހިދުމަތެއް ކަމަށްވާއިރު މި ހިދުމަތް އަދި ދެނީ ސަރުކާރުގެ އޮފިސްތަކަށް ހާއްސަކޮށްގެންނެވެ. އަދި އެ ހިދުމަތަށް އެދޭ ފަރާާތްތައް އިތުރުވަމުންދާ ނަމަ، ކުންފުނިން އިތުރަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯއިން ފޮޅާ ސާފު ކުރުމުގެ ހިދުމަތް ދޭން ފަށާފައިވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމަށް ފަހު އެވެ.