Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

"ހައިބޫ" ގެ ވެރިންނާ ސައީދު ބައްދަލުކޮށްފި

އެމެރިކާގެ ހައިބޫ މީޑިއާ ގްރޫޕުގެ އިސްވެރިންނާ އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ހައިބޫގެ އުފެއްދުންތަކުގެ މަގުސަދާއި ޙާޞިލުކުރެވުނު ކާމިޔާބީގެ ތަޖުރިބާ ކުންފުނީގެ ފަރާތުން މިނިސްޓަރާ ޙިއްސާކޮށްފައިވެ އެވެ. އަދި ހައިބޫގެ ތަޖުރިބާގެ އަލީގައި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

ހައިބޫގެ އުފެއްދުންތަކަކީ ޖަނަވާރުންނާ ވާހަކަ ދެއްކުމުގެ ޤާބިލުކަން ލިބިފައިވާ 10 އަހަރުގެ އަންހެން ކުއްޖެއް (ޚިޔާލީ އަންހެންކުއްޖެއް) ގެ ތަޖުރިބާތައް ދައްކައިދޭ އެނިމޭޓެޑް އުފެއްދުމެކެވެ. އެގޮތުން އޭނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ތަޖުރިބާ ތަކުގެ ތެރެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ސަލާމަތްކުރުމަށްޓަކައި މުޖުތަމައުތަކުގެ ސަމާލުކަން ހޯދުމަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރެ އެވެ.

ހައިބޫގެ ދުނިޔެ އަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އުނގަންނައިދޭ ޒަމާނީ މުނިފޫހިފިލުވުމުގެ ވަސީލަތެކެވެ. ހައިބޫގެ މަޝްރޫޢުގައި ފޮތްތަކާއި އެނިމޭޓެޑް ޓީވީ ސީރީޒްތަކާއި ކުޅޭ ތަކެއްޗާއި ވީޑިއޯ ގޭމްތަކާއި، ފީޗަ ފިލްމުތައް ވެސް ހިމެނެ އެވެ.

ހައިބޫ މިޑިއާ ގްރޫޕުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި ތައުލީމީ ދާއިރާގައި ޙަރަކާކްތެރިވާ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އަދި ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ޒުވާން ފަންނުވެރިންނާ ބައްދަލު ކުރަން ހަމަޖެހިފައިވެ އެވެ.