Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ހެލްތު މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީއެއް

ސިޔާސީ މަގާމުތައް މަދު ކުރަމުން އަންމަ ކަމަށް ސަރުކާރުން ބުނެފައި ވަނިިކޮށް ހެލްތު މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަންކުރީ ގއ. ވިލިނގިލި، ފީރޯޒުގެ، ނަޒްލީން ނަޖީބެވެ. އޭނަގެ މުސާރަ އަކީ އިނާޔަތްތަކާއެކު މަހަކު ޖުމްލަ 35،000ރ. އެވެ. ނަޒްލީނަކީ މި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވިލިގިނލި ދާއިރާ އަށް ޕީއެންސީ ޕްރައިމަރީގައި ވާދަކުރި މީހެކެވެ.

އޭނައާ އެކީ ހެލްތު މިނިސްޓްރީގައި މިހާރު ހަތަރު ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވި އެވެ.