މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެވޢ ރިހިބިލިޓޭޝަބް ފަރުވާ އަށް ބޭނުންވެގެން ކުރިން އަދަދެއްގެ ބަޔަކު ކިއުގައި ތިބި ނަމަވެސް މިހާރު އެ ކިއުއެއް ނެތް ކަމަށް ނެޝަނަލް ޑްރަގް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
އެތަނުގެ ސީއީއޯ މުހައްމަދު ރާޝިދު ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ މިހާރު މަންޒަރު ބަދަލުވެފައިވާ ކަމަށާއި އަދި އެކަން ގަބޫލުކުރަން ވެސް ބައެއް ބޭފުޅުންނަށް ދަތިވެދާނެ ކަމަށެވެ. ރާޝިދު ވިދާޅުވި ގޮތުގައި ޑްރަގް ކޯޓެއްގެ ހުކުމެއްގެ ދަށުން ނުވަތަ ވޮލަންޓިއާކޮށް ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓު ސެންޓަރަށް ފަރުވާ އަށް ބޭނުންވެގެން ވަންނަން ބޭނުންވާ އެއްވެސް މީހަކު ކިޔޫގައި މިހާރު ނުހުންނާނެ ކަމަށެވެ.
"އަދިވެސް މާދަމާ ވެސް ވޮަލަންޓިއާކޮށް ބޭނުންވިޔަސް ހަމަ ފޯމުލާންވީ،" އޭނަ ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ބަންދު ދުވަހެއް ނޫން ކަމަށް ވަންޏާ އެ ދުވަހުން ނޫނީ ޖެހިގެން އަންނަ ދުވަހު އެ ކުއްޖާ ގެންގޮސްދޭނެ. އެހެންވީމާ ކިއުއެއް ނެތް."
ރާޝިދު ވިދާޅުވި ގޮތުގައި ރީހެބްގެ އާންމު ފަރުވާއަށް ކިއު ނެތަސް މެތަޑޯން ފަރުވާއަށް އަދިވެސް ބޮޑު ކިއުއެއް އެބައޮތް ކަމަށެވެ. އަދި އެ ޕްރޮގްރާމަށް ބަދަލުތަކެއް ގެންނާތީ މި ވަގުތު އެ މެދުކަނޑާލާފައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިޖުތިމާއީ ބޮޑު ބަލިމަޑުކަމަށްވެފައިވާ އިރު، މިކަމުގެ ތެރެއަށް ވަންނަ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭކަމުގެ ކަންބޮޑުވުންތައް ބޮޑެވެ.
ނަމަވެސް އެމްޑީއޭގެ މިހާރުގެ މެނޭޖްމަންޓުން ބުނާ ގޮތުގައި އަމާޒު ހިފާފައި އޮތީ މަސްތުވާތަކެތީގެ މައްސަލަތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގައުމަށެވެ. އެގޮތުން ނަތީޖާ ނެރޭނެ ކަމަށް އެތަނުން ބުނެ އެވެ.