އޯ ލެވެލް އާއި އޭ ލެވެލްގެ ސައްހަ ނޫން ސެޓްފިކެޓްތަކެއް ދައުރުވަމުންދާ ކަަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ، އޭ ލެވެލް އާއި އޭ ލެވެލްގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުންދާ އަންނަކަން ފާހަގަ ކުރެވިފައިވާތީ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމެންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯ ލެވެލް އަދި އޭލެވެލް ސަނަދުތަކަކީވެސް ސައްހަ ސަނަދުތަކެއްކަން ކަށަވަރު ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އެމްކިއުއޭ އިން ބުނީ އެ އިދާރާ އިން އަންނަނީ މިކަމާ ގުޅިގެން ކަމާ ގުޅުން ހުރި ފަރާތްތަކާ އެކީ މަޝްވަރާ ކުރަމުން ކަމަށެވެ. އަދި މިކަން އިތުރަށް ތަހުގީގު ކުރުމަށްޓަކައި މި މައްސަލަ ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް އެތަނުން ބުންޏެވެ.