Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

މުގުރުން ޖެހުމުން އައިނިޔާވި މީހާ އައިސީޔޫގައި

ރަހީނުކުރި އަންހެނަކު ސަލާމަތް ކުރަން ފުލުހުން މުގުރުން ޖަހައި ޒަހަމްކޮށް އަތުލައި ގަތް މީހާ އަށް އައިސީޔޫގައި ފަރުވާ ދޢން ފަށައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކުރީ ށ. ފުނަދު އަށް ނިސްބަތްވާ އާދަމް އަތުހާރު 32، އެވެ.

އޭނަ އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ހެނދުނު ގެންގޮސްފައި ވަނިކޮށެވެ. ފުލުހުން އިއްޔެ ހަވީރު ބުނީ އަތުހާރުގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނަ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހަވީރު ފިޓް ޖެހިގެން އައިޗީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޭނާ އަށް އަނިޔާވީ ރަހީނުކުރި ހުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން އަހުތާރުގެ ބޮލުގައި މުގުރަކުން ޖެހުމާ ގުޅިގެންނެވެ. އަދި އޭނަ ބޯފަޅައިގެން ދިޔަ އެވެ.

ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން މަސައްކަތް ކުރި ގޮތަށް އިއްޔެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ތައުރީފު ކުރައްވައި ހިތްވަރު ދީފައިވެ އެވެ. ސީޕީ ވިދާޅުވީ އެ ހާދިސާގައި ވަރަށް ކާމިޔާބުކަމާއި ޕްރޮފެޝަނަލްކަމާއެކު ފުލުހުން “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށެވެ.