Last Updated: April 23, 22:45
Wednesday, April 23, 2025
ޚަބަރު

އަންހެނަކު ރަހީނުކުރި މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

ރަހީނުކުރި އަންހެނަކު ސަލާމަތް ކުރަން ފުލުހުން މުގުރުން ޖެހި އާދަމް އަތުހަރު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކުރީ ށ. ފުނަދޫ، އާދަމް އަތުހަރުއެވެ.

އޭނާއަށް ފަރުވާދިނުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިޓު ޖެހުމުން އަނެއްކާވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެގޮތުން އައިޖީއެމްއެޗްގެ އޮބްޒަވޭޝަންގައި އޭނާ ބޭއްވުމަށްފަހު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުހަރު ރަހީނު ކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއެވެ.