ފުލުހުންގެ އާސާރު ދައްކައިލަން ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
މާދަމާ އިން ފެށިގެން ސެޕްޓެމްބަރު 3 އާ ހަމައަށް ފުލުހުންގެ އާސާރުތައް ދައްކައިލުން އޮންނާނީ ގައުމީ ދާރުލްއާސާރުގަ އެވެ. ފުލުހުން ބުނީ މިއީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ކަމެއް ކަމަށެވެ.
މާދަމާ އާސާރު ކުރިއަށް ދާނީ މެންދުރު ފަހު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ. އަންނަ މަހުގެ ދެވަނަ ދުވަހު އާސާރު ކުރިއަށް ދާނީ ހެނދުނު 9:00-4:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ. އަދި ތިން ވަނަ ދުވަހު ވެސް އާސާރު ކުރިއަށް ދާނީ އެ ގަޑިތަކުގަ އެވެ.
މި އާސާރުގައި ފުލުހުންގެ ތާރީހާ ގުޅުން ގިނަ ކަންތައްތަކެއް އެކަންކަމާ ގުޅޭ މައުލޫމާތާ އެކީ ލިބިގެން ދާނެ އެވެ.