Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

މުޖުތަމަޢު ގޮވަނީ ނަމޫނާ ޒުވާނުންނަށް: ޝަހީމް

ދިވެހި މުޖުތަމަޢު މިހާރު އެންމެ ބޮޑަށް އެދި ގޮވަނީ ނަމޫނާ ޒުވާނުންނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

"ޒުވާން ޚަޠީބުން" ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދެވަނަ ބުރު ނިންމައި ސެޓްފިކެޓް ދޭން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު
ވިދާޅުވީ، ދިވެހި މުޖުތަމަޢު އެދި ގޮވަނީ ނަމޫނާ ޒުވާނުންނަށް ކަމަށާއި ކޮންމެ ހުކުރު ދުވަހަކު މިންބަރުމަތީ ހެޔޮ ކަންކަމަށް ގޮވައިލައި، ދީނީ މަތިވެރި ޝިޢާރުތައް ފާޅުކުރައްވާ ޚަޠީބުންނަކީ މުޖުތަމަޢަށް ބޭނުންވާ ފަދަ ނަމޫނާ ޒުވާނުން ކަމަށެވެ.

އެހެންވެ ޙަތީބުންގ ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުން ކުރިއަށް އޮތް ތަނުގައި ކޮންމެ ރޮނގަކުން މަތީ ތަޢުލީމު ހާސިލްކ ކުރިޔަސް ޚަޠީބުކަން ކުރުމުގައި ކުރިއަށް ދިއުމަށާއި، ޤައުމަށް ފައިދާވާނެ ފަދަ ޒުވާނަކަށްވާން މިނިސްޓަރު އެދިވަޑައިގަތެވެ.

ޝަހީމު ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ގައުމުގެ ކުރިމަގު ކަމަށެވެ. އެހެންވެ ގައުމު އަބަދު ވެސް ޒުވާނުންނަށް އެދިގޮވާނެ ކަމަށާއި ގައުމު ބޭނުން ވަނީ ހަރުދަނާ ޒުވާނުންތަކެއް، ހަރުދަނާ ޖީލުތަކެއް ކަމަށެވެ.