Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

"މިސްޓަ މޯލްޑިވްސް" ގެ ކިޑްނީ ފެއިލްވެއްޖެ!

"މިސްޓަ މޯލްޑިވްސް" ގެ ޓައިޓްލް އެތައް ފަހަރެއްގެ މަތިން ހާސިލުކޮށްފައިވާ މުހައްމަދު ޔާމީން (ޔާމްބެ) ގެ ދެ ކިޑްނީ ފެއިލްވެ، އާންމުންގެ އެހީތެ އަށް އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ "މިސްޓަ މޯލްޑިވްސް" މުބާރާތް ކާމިޔާބުރި ބޮޑީބިލްޑަރުގެ ކިޑްނީ ފެއިލްވެ، ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުރިކަން އެނގުނީ ވެސް މީގެ ދުވަސްކޮޅެއް ކުރިންނެވެ.

އެހެންވެ އޭނާގެ ފަރުވާ އަށް، ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީ އުފަން ރަށް ށ. ފުނަދޫގައި ވަނީ ފަންޑްރެއިންއެއް ވެސް ފަށައިފަ އެވެ.

ޔާންބެ އަށް އެހީވުމަށް، އެކައުންޓު ނަން: މުހައްމަދު ޔާމީން:

* އެކައުންޓު ނަންބަރު: 7770000138064، ރުފިޔާ
* އެކައުންޓު ނަންބަރު: 7730000569416، ޑޮލަރު

ޔާންބެ އަށް އެންމެ ފުރަތަމަ "މިސްޓަ މޯލްޑިވްސް" ގެ ޓައިޓްލް ލިބުނީ 2017 ގަ އެވެ. އޭގެ ފަހުން 2021، 2022، ގެ އިތުރުން މިދިޔަ އަހަރު ވެސް އެ ޓައިޓްލް ހާސިލުކުރި އެވެ.

އޭނ އަކީ ބައިނަލްއަގްވާމީ ބޮޑީބިލްޑިން މުބާރާތްތަކުގައިވެސް ރާއްޖެ ތަންސީލުކޮށްފައިވާ މީހެކެވެ.