މިއަދު ފާހަގަކުރާ ޤައުމީ މާމަ/ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ތަހުނިޔާ ވިދާޅުވީ ސޯޝަލް މިޑިއާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގު ދެއްކުން ދިވެހި ގައުމަށް ބޭނުންވާ ކަމަށެވެ.
ގައުމީ މާމަ/ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 1 އެވެ.
މިފަދަ ދުވަހެއް ކަނޑައަޅައި އެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެ މީހުންގެ އާއިލާ އަށް ކޮށްދޭ ޚިދުމަތްތައް ފާހަގަކޮށް އެ މީހުންގެ އަގު ވަޒަންކުރުމެވެ.