ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޯޖް ކްލޫނީ އާއި ބްރެޑް ޕިޓް އެކީގައި ކުޅެފައިވާ އެކްޝަން ކޮމެޑީ "ވުލްފްސް" މި މަހުގެ 20 ގައި ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ފިލްމުގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، ކްލޫނީ އާއި ޕިޓްގެ ފޭނުން މިހާރު އަންނަނީ ބޮޑު ސްކްރީންގައި ފިިލްމު ބަލައިލަން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ. "ވުލްފްސް" އަކީ "ސްޕައިޑަ-މޭން" އެންމެ ފަހުގެ ތިން ފިލްމު ގެނެސްދިން ޖޮން ވަޓްސް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި އަހަރުގެ އެންމެ އުންމީދީ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވުލްފްސް" ގެ ކާސްޓްގައި އޮސްޓިން އަބްރަމްސް، އެމީ ރަޔަން، ޕޫރްނާ ޖަގަނަތަން، ލަޓްކޯ ބްރިކް އަދި ރިޗަޑް ކައިންޑް ވެސް ހިމެނެ އެވެ.
Clooney. Pitt. WOLFS. Exclusively in theaters September 20. #WolfsMovie pic.twitter.com/21iIIao6aQ
— Sony Pictures (@SonyPictures) May 29, 2024
މި ފިލްމަކީ ކްލޫނީ އާއި ޕިޓް ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ހިއްސާވާ އެއްޗެކެވެ.
"ވުލްފްސް" މި މަހުގެ 20 ގައި ލިމިޓެޑް ސިނަމާތަކަށް ގެނެސް، މި މަހުގެ 27 ގައި އެޕަލް ޓީވީ ޕްލަސް އަށް ދޫކޮށްލަން ހަމަޖެހިފައިވާ އިރު، މިހާރު ކުރިއަށްދާ 81 ވަނަ ވެނިސް ފިލްމު ފެސްޓިވަލްގައި މިއަދު ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.