ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދާ ގުޅޭ ޝަކުވާއެއް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި- ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނަގެ މައްސަލަތަކެއް ދެ ކޮމިޝަނަށް ހުށަހެޅީ ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލަތަކެއް ޖޭއެސްސީއާ ސިވިލް ކޯޓުގެ މުވައްޒަފުންތަކެކެވެ. މިދިޔަ ހަފުތާގެ ތެރޭގައިއއެ މައްސަލަ ހުށަހެޅީ ކޯޓަށް މުވައްޒަފުން ނެގުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަރުޔަމް އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ޖޭއެސްސީ އާއި އޭސީސީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީއަކަށް މަރިޔަމް އައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭނަ އަކީ އެ ކޯޓްގެ ފުރަތަމަ އަންހެން އިސް ގާޒީއަށެވެ.
އައްޑޫ ފޭދު އަށް ނިސްބަތްވާ މަރިޔަމް އަކީ ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓްކަމާއި ކ. ގާފަރު މެޖިސްޓްރޭޓް ކޯޓްގެ ޗީފް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރުކަމާއި ފެމިލީ ކޯޓްގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު ވެސް ފުރުައްވާފައިވާ ބޭފުޅެކެވެ.