Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ފަރުދީންގެ "ވިސްފޮޓް" ސިނަމާތަކަށް ނޫން

ދިހަ ވަރަކަށް އަހަރު ވަންދެން އެކްޓިންއާ ދުރުގައި ހުރުމަށް ފަހު، ބޮލީވުޑްގެ އެކްޓަރު ފަރުދީން ޚާން ކުޅުނު ފުރަތަމަ ފިލްމު "ވިސްފޮޓް" ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމައިފި އެވެ.

އެގޮތުން ފިލްމު އަންނަ ހުކުރު ދުވަހު ޖިއޯ ސިނަމާ އިން ސްޓްރީމް ކުރަން ނިންމިކަން އިއުލާންކޮށް މިއަދު ވަނީ ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ. "ވިސްފޮޓް" ގެ ކާސްޓްގައި ރިތޭޝް ދޭޝްމުކާއި މަޝްހޫރު ޓީވީ ބަތަލާ އަދި މިހާރު މަދުމަދުން ފިލްމުތަކުން ފެންނަ ކްރިސްޓަލް ޑީ ސޫޒާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ ޓީ ސީޒީރަށް ކުކީ ގުލާޓީ ޑައިރެކްޓްކުރި ފިލްމެކެވެ. "ވިސްފޮޓް" ހަދާފައި ވަނީ ވެނެޒުއެލާގެ 2012 ގެ ފިލްމު "ރޮކް، ޕޭޕާ، ސިޒާސް" އަށް ބިނާކޮށެވެ.

މި ފިލްމަކީ ފަރުދީންގެ އެކްޓިން ދަތުރުގެ އެނބުރި އައުމުގެ ފެށުން ކަމަށް ވިޔަސް އޭނަ މި ބެލުންތެރިންނާ އަލުން ބައްދަލުކުރީ މެއި މަހު ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ވެބް ސީރީޒް "ހީރާމަންޑީ" އިންނެވެ. އަދި މިދިޔަ މަހު ރިލީޒްކުރި "ކޭލް ކޭލް މޭ" ގައި ވެސް ފަރުދީން ހިމެނެ އެވެ.

ފަރުދީނަކީ ކުރީގެ މަޝްހޫރު އެކްޓަރު ފީރޯޒް ޚާންގެ ދަރިއެކެވެ.