Last Updated: April 23, 17:43
Wednesday, April 23, 2025
ޚަބަރު

އަންހެނަކު ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން އުޅެފި

މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކުރީ ށ. ފުނަދޫ، އާދަމް އަތުހަރުއެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އަތުހަރު އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ މަރުވިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ މަރުނުވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރަހީނު ކޮށްފައިހުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން މުގުރުން ޖެހީ އަތުހަރުގެ ބޮލުގައެވެ. އަދި އެކަމާ ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައިވެއެވެ.