ޖުލައި މަހުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑްގައި ދުއްވި ރޭސް ކާރެއް އެކްސިޑެންޓްވި މައްސަލައިގައި ހިމެނޭ ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމު ކޯޓު އަމުރެއްގެ ހައްޔަރުކޮށްފި އެވެ.
އޭނަ އަލުން ހައްޔަރުކުރީ ފުލުހުންގެ އިހުމާލުން ބަންދުން ދޫވުމާ ގުޅިގެން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރާ ކަމަށް ހޯމް މިނސްޓަރު އަލީ އިހުސާން ވެސް ވިދާޅުވެފައި ވަނިކޮށެވެ. އަދި އިކްރާމް ހައްޔަރުކުރިކަން ވެސް މިނިސްޓަރު ފަހުން ކަށަވަރުކޮށް ދެއްވާފައިވެ އެވެ.
High Court in dhookolli meeha mihaaru vany court amurehge dhashun fuluhunge hayyarah genevifa! https://t.co/AH8dbyl5FU
— Minister of Homeland Security & Technology (@min_mohst) September 1, 2024
ވިނަރެސް ފުލެޓުތައް ކައިރީގައި އެ އެކްސިޑެންޓު ހިނގީ އިކްރާމު ދުއްވަން އިން ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ މައްސަލައިގައި އިކްރާމު ހިމެނޭހެން ޖުމުލަ ތިން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން މިދިޔަ މަހުގެ 1 ގައި އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދު ކުރުމަށެވެ.
ނަމަވެސް އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރީ އިކްރާމުގެ ފަރާތުންނެވެ.
ޖުލައި މަހު 31 ގައި ހިނގި އެކްސިޑެންޓުގައި ކާރުން ޖެހި އަނިޔާވި މީހާ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.