Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އަތުހަރު ވެންޓިލޭޓަރުގައި

އަންހެނަކު ރަހީނުކުރި މައްސަލާގައި ބަންދުކޮށްފައި ހުއްޓައި އަމިއްލަ އަށް މަރުވާން އުޅުނު އާދަމް އަތުހަރު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ށ. މިލަންދު އަށް ނިސްބަތްވާ 32، އަހަރުގެ ޒުވާނާ ވެންޓިލޭޓަރަށްލީ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިތުރަށް ހާލު ގޯސްވެގެންނެވެ. ވެންޓިލޭޓަރަށް ލައިފި އެވެ.

ފުލުހުން ރޭ ބުނީ އޭނާގެ ހާލަތު ގޯސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ. އަދި މައްސަލަ ހިނގި ގޮތް ބަލަން ދޫނިދޫ ކަސްޓޯޑިއަލްގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަތުހަރު އަންހެނަކު ރަހީނުކޮށް، ކަރުގައި ވަޅި ޖައްސައި ބިރު ދައްކައިގެން ފިލަން މަސައްކަތް ކުރަނިކޮށް ދަނިކޮށް، ފުލުހުން އޭނަ އަތުލައިގަތީ މުގުރިއަކުން ބޮލުގައި ޖަހައި ޒަހަމްކޮށްލުމަށް ފަހު އެވެ. އެ ހާދިސާއާ ގުޅިގެން އޭނަ އަށް އޭޑީކޭގައި ފަރުވާ ވެސް ދިނެވެ. އޭގެ ފަހުން އައިޖީއެމްއެޗްގައި ވެސް އަތުހަރަށް ފަރުވާ ދީފައިވެ އެވެެ.

އަތުހަރަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސަށް ލިބިދޭ ބާރުގެ ދަށުން 2022 ގައި މާފުދީ ޖަލުން މިނިވަންކޮށްފައިވާ މީހެކެވެ.