ޝޫޓިން ފަށަން ތައްޔާރީތައްވަމުން އައި އެކްޝަން ތުރިލާ "މިއްޓީ" އިން އެކްޓަރު ސިދާތު މަލްއުތުރާ ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީޕީން މޫން އިން ބުނީ އޭނަ އެ ފިލްމު ނުކުޅެން ނިންމީ ޑައިރެކްޓަރު ބަލްވިންދަރު ސިންގް ޖަނޫޖާއާ ދެމެދު އުފެދުނު ހިޔާލު ތަފާވުވުންތަކަކާ ގުޅިގެންނެވެ. އެގޮތުން ދެ މީހުންގެ މެދުގައި ފިލްމާ ގުޅޭ ގޮތުން "ކްރިއޭޓިވް" އިޝޫތަކެއް ދިމާވެ، ސިދާތު ފިލްމުން ވަކިވި ނަމަވެސް ސީދާ ސަބަބެއް ސާފު ނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޕީޕިން މޫން އިން ބުނި ގޮތުގައި ޕްރޮޑިއުސަރު މުރާދު ކެތާނީ މިހާރު އަންނަނީ ސިދާތުގެ ނިންމުން ބަދަލުކޮށްދޭތޯ އޭނައާ ވާހަކަ ދައްކައި މަޝްވަރާ ކުރަމުންނެވެ.
"މިއްޓީ" އިން ސިދާތު ވަކިވި އިރު، އުތުރާކަންދުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ ސްރީލީލާ ކަމަށް މިދިޔަ މަހު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ކިއާރާ އަދުވާނީގެ ފިރިމީހާ ސިތާދުގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކޮށް، ބެލުންރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު އެކްޝަން ތުރިލާ "ޔޯދާ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސިދާތު 2012 ގައި "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ކަރަން ޖޯހަރު ހަދަން ތައްޔާރީތައްވަމުން އަންނަ އެކްޝަން ފިލްމުގެ ގެ އިތުރުން "ރޭސް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި ސިދާތަށް ހުށަހަޅާފައިވެ އެވެ.