މިއީ ލިވަޕޫލަށް ކުޅޭނެ ފަހު ސީޒަނަށް ވެދާނެ ކަމަށް މަޝްހޫރު ފުޓްބޯޅަ ތަރި، މުހައްމަދު ސަލާހު ބުނެފި އެވެ.
މިސްރަށް އުފަން ކުޅުންތެރިޔާ އިންގިރޭސިވިލާތުގެ ލިވަޕޫލަށް ބަދަލުވީ 2017 ގަ އެވެ. އޭގެ ކުރިން ސަލާހް ކުޅުނީ އޭއެސް ރޯމާއަށެވެ. ލިވަޕަޕޫލަށް 2017 ގައި ބަދަލުވުމަށް ފަހު 2022 ގައި ސަލާހް ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާ ކުރި އެވެ. އަދި އެއީ ކުލަބްގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގަ އެވެ.
އިއްޔެ މެސްޗެސްޓާއާ ދެކޮޅަށް ކުޅުނު މެޗް 3-0 އިން ލިވަޕޫލް ކާމިޔާބުކޮށްފައިވާ އިރު، އެ މެޗަށް ފަހު ސަލާހް ސްކައި ސްޕޯޓްސް އަށް ބުނީ މިއީ އެ ކުލަބަށް އޭނަ ކުޅޭ "ފަހު އަހަރު ކަމަށް ބަލައިގެން ސީޒަން ނިންމައިލުމުގެ ވިސްނުމުގައި ހުރި" ކަމަށެވެ.
"އަނެއްކާ އަހަރެންގެ ކޮންޓެރްކްޓް އާކުރަން ކުލަބަކުން ވާހަކައެއް ވެސް ނުދައްކާ. އެހެންވެ މިއީ އަހަރެން ލިވަޕޫލަށް ކުޅޭ ފަހު ސީޒަން ކަމަށް ބަލައިގެން ކުރިއަށް މި ދަނީ،" ސަލާހް ބުންޏެވެ. "އެހެންވެ ދެން ބަލަމާ އަންނަ އަހަރު ވާނެ ގޮތެއް."
ސަލާހްގެ އެ ވާހަކަތަކާ ގުޅިގެން މީޑިއާތަކުން ލިވަޕޫލްގެ މެނޭޖަރު އާން ސްލޮޓްއާ ސުވާލު ކުރުމުން އޭނަ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ބަދަލުގައި ބުނީ "އުފާވާ ކަމަކީ ސަލާހަކީ މި ވަގުތު ލިވަޕޫލްގެ ކުޅުންތެރިއަކަށްވާތީ" ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަލާހް ގަންގަން އަލް-އިއްތިހާދުން ލިވަޕޫލަށް 150 ޕައުންޑް ހުށަހެޅި ނަމަވެސް، އެ ކުލަބުން ވަނީ އެ ހުށަހެޅުން ގަބޫލު ނުކޮށް ދޫކޮށްލައިފަ އެވެ.
އުމުރުން 32 އަހަރުގެ ސަލާހް ކުޅުނު މަޝްހޫރު ކުލަބްތަކުގެ ތެރޭގައި ޗެލްސީ ވެސް ހިމެނެ އެވެ. އެއީ 2014-2016 އަށެވެ.