Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ރަންވީރާއި ދީޕިކާގެ ހާއްސަ ފޮޓޯޝޫޓެއް

އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ވިހާ ދުވަސް ގާތްވަމުން އަންނަ އިރު، އޭނަ އާއި ފިރިމީހާ ރަންވީރު ސިންގުގެ ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ "ލޯބި" ފޮޓޯތަކެއް އާންމުކޮށްފި އެވެ.

ދެ ތަރިންގެ އިންސްޓަގްރާމްގައި ވެސް މި ފޮޓޯތައް ހިއްސާކޮށްފައިވާ އިރުި، މި ފޮޓޯޝޫޓުން އެންމެ އަޅައިގަންނަ ކަމަކީ ގިނަ ފޮޓޯތަކުގައި ބަނޑާ އެކީ ދީޕިކާގެ ބައްޓަން ވެސް ދައްކާލާފައިވުމެވެ. މިއީ ބަލިވެއިން ފަހުން މިގޮތަށް ފިރިމީހާއާ އެކީ ދީޕިކާގެ ފޮޓޯތަކެއް އާންމުކުރި ފުރަތަމަ ފަހަރެވެ.

ދީޕިކާ ވިހަން ހަމަޖެހިފައި ވަނީ މި މަހުގެ ތެރޭގަ އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނަ ވިހާނީ މި މަހުގެ 28 ގައި ލަންޑަންގަ އެވެ. އެހެންވެ ވިހަން ދާން ދެ ފަރާތުގެ އާއިލާ އިން ތައްޔާރީތައްވަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ބައެއް މީޑިއާތަކުން ބުނެފައި ވަނީ ދީޕިކާ އާއި ރަންވީރަށް ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ.

ދެހާސް އަށާރައިގައި ކައިވެނި ކުރި ދެ ތަރިންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 29 ގަ އެެވެ.