ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެ ދާއިރާގެ ރައްޔިތުންނާ މި ހަފުތާގައި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫ ނޫރާނީ ސްކޫލްގަ އެވެ. ބައްދަލުވުން ފަށަން ހަމަޖެހިފައި ވަނީ އެ ރޭ 8:00 ގަ އެވެ.
އެހެންވެ މެދު ދާއިރާގެ ހުރިހާ ރައްޔިތުންނަށް އެ ބައްދަލުވުމަށް ދައުވަތު އަރުވާ ކަމަށް އަޒާން ވިދާޅުވި އެވެ.