Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

އާޒަރުބައިޖާން އެއާލައިންސް ރާއްޖެ އަށް

އާޒަރުބައިޖާން އެއާލައިންސްގެ ސީދާ ޝެޑިއުލްތައް ދަތުރުތައް މުޅިން އަލަށް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ ވެރިރަށް ބަކޫ އިން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު 8 އިން ފެށިގެން ކަމަށެވެ. އެގޮތުން އާޒަރުބައިޖާން އެއާލައިންސްގެ ދަތުރުތައް ހަފުތާއަކު ދެ ދުވަހު ބާއްވާނެ އެވެ. އެއީ ހުކުރާއި އާދީއްތަ ދުވަހު އެވެ.

ރާއްޖެ އަށް އާޒަރުބައިޖާން އެއާލައިންސް އިން ކުރާ ދަތުރުތަކުގެ ޓިކެޓް އެ އެއާލައިންގެ ރަސްމީ ވެބްސައިޓް azal.az/en އިން ބުކްކުރެވޭނެ އެވެ.

އާޒަރުބައިޖާންގެ ގައުމީ އެއާލައިންގެ ގޮތުގައި އޮޕަރޭޓް ކުރަމުން އަންނަ އާޒަރުބައިޖާން އެއާލައިންސް ވުޖޫޖަށް އައީ މީގެ 32 އަހަރު ކުރިން އެޕްރީލް 7، 1992 ގަ އެވެ. ފްލީޓްގައި މިހާރު 32 ބޯޓް އޮންނަ މި އެއާލައިން ދުނިޔޭގެ 55 މަންޒިލަކަށް އުދުހެ އެވެ.

އާޒަރުބައިޖާން އެއާލައިންސް އިން ބުނީ ޓޫރިޒަމްގައި ދުނިޔޭގެ އެންމެ މަޝްހޫރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެ އަށް ސީދާ ޝެޑިއުލް ދަތުރުތަކެއް ފެށުމަކީ އެއާލައިނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.