Last Updated: September 16, 22:20
Monday, September 16, 2024
ދުނިޔެ

ގާޒާގައި ޕޯލިއޯ ވެކްސިން ދިނުން ބާރަށް ކުރިއަށް

A polio vaccination campaign has started today in Gaza, to vaccinate 640,000 Palestinian children. The campaign comes after the first polio case in 25 years was reported in Gaza involving a 10-month-old boy who is now paralyzed in one leg. During each round of the campaign, the Palestinian Ministry of Health, in collaboration with the World Health Organization, UNICEF, UNRWA and partners, will provide two drops of novel oral polio vaccine type 2 (nOPV2) to more than 640,000 children under 10 years of age.  

މެދުތެރޭ ގާޒާގައި މިހާރު ޕޯލިއޯ ވެކްސިން ދިނުން ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ގާޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށީ މިދިޔަ އާދީއތަ ދުވަހު އެވެ. އެގޮތުން ފާއިތުވި ދެ ދުވަހު 10 އަހަރުން ދަށުގެ 161030 ކުއްޖަކަށް ވެކްސިން ދީފައިވެ އެވެ. މިއީ ކުރިން އެ މުއްދަތުގައި ވެކްސިން ދެވޭނެ ކަމަށް ކަނޑައެޅި އަދަދަށް ވުރެ ވެސް މަތީ އަދެދެކެވެ.

ވެކްސިން ޕްރޮގްރާމް ފެށި އިރު، އަމާޒު ހިފީ އާދީއްތަ އާއި ހޯމައިގައި ޖުމްލަ 156,500 ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމެވެ.

ޑަބްލިއުއެޗްއޯ އިން ނިންމާފައި އޮތީ މި ވެކްސިނުން ދިނުމުގެ ފުރަތަމަ ފޭހުގެ ތެރޭގައި ގާޒާގެ 640،000 ކުދިންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް ގާޒާ ހަނގުރާމައެއްގެ ތެރޭގައި އޮތުމާ އެކީ މިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

ގާޒާގައި ޕޯލިއޯ ވެކްސިން ދޭން ފެށި އިރު މިދިޔަ މަހުގެ މެދުތެރޭގައި ޕޯލިއާ ޖެހިފައިވާ 10 މަހުގެ ކުއްޖަކު ގާޒާ އިން ފެނިފައިވެ އެވެ. މިއީ އެ ބަލީގެ ކޭހެއް 25 އަހަރުން ފަހުން ގާޒާ އިން ފެނުނު ފުރަތަމަ ފަހަރެވެ.

ގާޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ޑަބްލިއުއެޗްއޯ އިން ފަށަން ނިންމީ މިދިޔަ ޖޫން މަހުގެ ތެރޭގައި ގާޒާގެ ހަ ސަހައްދަކުން ނެގި ސާމްޕަލްތަކުން ޕޯލިއޯވައިރަސް ޓައިޕް ޓޫ (ވީޑީޕީވީ2) ފެނުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން ފެށިން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމުގައި ގާޒާގެ ގިނަ ތަންތަން ސުންނާފަތިފައިވާ އިރު، ފެނާއި ނަރުދަމާ ނަރުދަމާ ނިޒާމު ވެސް ހަލާކުވެ، ރައްޔިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ހުރިހާ ހޮސްޕިޓަލްތަކެއްހެން ވަނީ ބިމާހަމަކޮށްފަ އެވެ.