މާލޭގެ މިސްކިތްތަކުުގައި އިމާމުވެ ހުކުރު ނަމާދު ކުރާ ޚަތީބުންގެ ލިސްޓް މުރާޖައާ ކުރަން ނިންމުމާ ގުޅިގެން ޚަޠީބުންގެ ފެންވަރު ވަޒަންކޮށް ދަފުތަރު އަލުން އެކުލަވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ބުނީ އަލުން ދަފުތަރު އެކުލަވާލުމުގައި އެކަމަށް އެދި ވަޑައިގަންނަވާ ޚަތީބުންނާ މިނިސްޓގެ ފަރާތުން އިންޓަވިއުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އެކަމަށް އެދި ވަޑައިގަންނަވާ ބޭފުޅުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މި ގޫގްލްފޯމް https://forms.gle/kgBc4RhvepytFVKz6 ފުރަން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
މާލޭގެ ޚަތީބުންގެ ލިސްޓް ކުރާޖާ ކުރަން ނިންމީ ބައެއް ބޭފުޅުން ޚުތުބާ ވިދާޅުވާ އިރު، ކުށްތައް ކިޔުއްވުމާއި އަޑު އަހަން ތިބޭ މީހުންގެ ޝައުގުވެރިކަން ގެއްލޭ ގޮތަށް ޙުތުބާ ވިދާޅުވުމާ ކަމަށް ފާހަގަކުރެވުމާ ގުޅިގެންނެވެ.