Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

"އުދަބާނި 2" ގެ ޓްރެއިލާ އާންމުކޮށްފި

މި މަހުގެ 19 ގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ލޯބީގެ ބިރުވެރި ފިލްމު "އުދަބާނި 2" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ

ދެހާސް ނުވައެއްގެ "އުދަބާނި" ވެސް ޑައިރެކްޓްކުރި އަމްޖަދު އިބްރާހީމް (އަމްޖޭ) ގެނެސްދޭ މި ފިލްމުގެ ކާސްޓުންނަކީ އަހުމަދު އީސަ (އާނަންދު) އާއި އައިމިނަތު ޝުހާ އާއި އަލީ އާޒިމް (ދޮންއައްޔަ) ގެ އިތުރުން ފުރަތަމަ ބައިގެ ވެސް މުހިއްމު ރޯލެއް ކުޅެ، ފިލްމު ޕްރޮޑިއުސްކުރި ހާމިދު އަލީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ނަތާޝާ ޖަލީލާއި މަރިޔަމް ޝަކީލާ އަދި އަލީ ޝަމީލު ވެސް ހިމެނެ އެވެ.

"އުދަބާނި" އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލް ލީޑް ރޯލު ކުޅުނު ފިލްމެކެވެ. "އުދަނާބި" ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައަށެވެ. އަދި ފިލްމުގެ ދެވަނަ ބައި ބިނާކޮށްފައި ވަނީ 2012 ގައި ނެރުނު ވާހަކައިގެ ދެވަނަ ބަޔަށެވެ.

"އުދަބާނި 2" ގެ ޓިކެޓް ވެސް މިހާރު ވިއްކަމުމް އަންނަ އިރު، މިއީ މި އަހަރު އޮލިމްޕަހަށް އަންނަ 8 ވަނަ ފިލްމެވެ.

ރާއްޖޭވައި މިހާތަނަށް އެންމެ ގިނަ ފީޗާ ފިލްމު ޑައިރެކްޓްކުރި އަމްޖޭ "އުދަބާނި 2" ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ.