އައްޑޫ ހިތަދޫ އެސްޓީއޯ ފިހާރައިން މުދާ ގެއްލޭ މައްސަތަކެއް ފެންމަތިވެފައިވާތީ އެ ފިހާރަ ބަންދުކޮށް ހާއްސަ އޮޑިޓެއް ހަދަން ފަށައިފި އެވެ
މިކަމާ ބެހޭ ގޮތުން އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހް ވިދާޅުވީ ހިތަދޫ ފިހާރަ އިން
ސްޓޮކް މަދުވާކަން ސިސްޓަމަށް ފާހަގަކުރެވިގެން އޮޑިޓް ހެދުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރިއަށްދާ ކަމަށެވެ.
އޭނަ ވިދާޅުވީ މިކަމެއް ތަކުރާރުކޮށް ހިނގާފައިވާ ކަމަށް ޝައްކު ކުރެވެ އެވެ އެކަމަކު އެކަން ކަށަވަރު ވާނީ އޮޑިޓަށް ފަހު ކަމަށާއި ސްޓޮކުން މަދުވި ތަކެއްޗާއި އަދަދު ވެސް އެނގޭގީ އޮޑިޓަށް ފަހު ކަމަށް ވިދާޅުވި އެވެ.
ޝާހު ވިދާޅުވެފައި ވަނީ މުދާ މަދުވާ މައްސަލައިގައި އެއްވެސް މުވައްޒަފަކު ބައިވެރިވެއްޖެކަން ފާހަގަކުރެވިއްޖެ ނަމަ، އެ މުވައްޒަފަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެސްޓީއޯ އިން އަޅާނެ ކަމަށެވެ. އަދި އޮޑިޓް ނިމުނުހާ އަވަހަކަށް ފިހާރަ އަލުން ހުޅުވާނެ ޖަނަށް އެސްޓީއޯ އިން ބުންޏެވެ.
ހިތަދޫގެ އިތުރުން އެސްޓީއޯގެ ފިހާރަތަކެއް މަރަދޫފޭދު އާއި ފޭދޫ އަދި ހުޅުމީދޫގައި ވެސް ހުރެ އެވެ.