Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ކާވާގެ އަންހެން މުބާރާތް މާދަމާ ފަށަނީ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

އަންހެން ޓީމަށް އިއްޔެ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވަނީ ޖާޒީ ވެސް ހަވާލުކޮށް ދެއްވައިފި އެވެ.

މާލޭގައި ކުރިއަށް ގެންދާ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރާނެ އެވެ. އެއީ ތަޖިކިސްތާން، ކިރިގިސްތާން، އަފްގާނިސްތާންގެ އިތުރުން ރާއްޖެ އެވެ. މި މަހުގެ 11 އާ ހަމައަށް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމަށް މިނިސްޓަރު ރާފިއު ޖާޒީ ހަވާލުކޮށް ދެއްވީ ޒުވާނުންގެ މަރުކަޒުގައި އިއްޔެ އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ޓީމް އިއުލާން ކުރުމުގެ އިތުރުން ޓީމުގެ ކެޕްޓަނާއި ވައިސް ކެޕްޓަންވެ ސް އިއުލާންކުރި އެވެ. ޓީމުގެ ކެޕްޓަނަކީ ކުޅަދާނަ އެޓޭކަރު ހައްވާ ރާޝިދާ އެވެ. އަދި ޓީމްގެ ވައިސް ކެޕްޓަނަކީ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ.