Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމަށް ބިން

default

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމަށް ބިން ކުއްޔަށް ދޭން ނިންމައި، އެ ބިންތަކަށް ހުޅުވާލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ބިންތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ 100 ޑޮލަރަށް ކަމަށާއި ބިންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 އާ ހަމައަށް ކަމަށެވެ.

ބިންތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ މިއަދުން ފެށިގެން މި މަހުގެ 11 އާ ހަމައެވެ. އެގޮތުން ބިޑް ޑޮކިއުމަންޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން ކުންފުނީގެ ނަމާއި އެޑްރެހާއި ފޯން ނަންބަރާއި އީމެއިލް އެޑްރެސް މި މެއިލް procurement@fuvahmulah.gov.mv އަށް ފޮނުވަން ޖެހެ އެވެ.

ބަނދަރު ސަރަހައްދުން ޓޫރިޒަމަށް ކުއްޔަށް ދޫރަން ނިންމި ބިންތަކާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6862812 އިން ހޯދޭނެ އެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމަށް ބިން ދޫކުރަން ނިންމި އިރު، އެ ރަށު އެއާޕޯޓް ސަރަހައްދުގައި ވެސް ޓޫރިޒަމްގެ މަޝްރޫއުތަކެއް ހިންގަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާރްއޭސީއެލް) އޮތީ ނިންމައިފަ އެވެ.

ފުވައްމުލަކަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ ސިޓީއެކެވެ.